މާލޭގެ މިސްކިތަކަށް އަރައި ހަތިމަކަށް ކުޅުޖެހި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މަސްޖިދުލް އިބްރާހިމް މިސްކިތަށް އަރައި ހަތިމަކަށް ކުޅުޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދު މުރާޖާ ކުރުމަށް އިއްޔެ ކޯޓަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އިއުތިރާވެފަ އެވެ. އޭނާގެ ބަންދަށް 10 ދުވަސް ޖެހީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށާއި އަދި ކުށުގެ ރެކޯޑު އޮތް މީހަކަށް ވާތީއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ މީގެކުރިން މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީހުގެ ބޭރަށް ކުޑަކަމުދިޔަ މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

އޭނާ އަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބުނެފައި ވަނީ އެ މިނިސްޓްރީ އިން ބެލި ބެލުމަށް އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށެވެ.