ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ނ. ހޮޅުދޫ / ޕިންކްރޯޒް، އަޙުމަދު ޢަރީފް (41އ) އާއި ކ. މާލެ / މއ. ބިންމާވިލާ، އިސްމާޢީލް ވަޙީދު (52އ) އާއި ހއ. ތަކަންދޫ / އާފެހި، މުޙައްމަދު މިދުހަތު (27އ) އާއި ޏ. ފުވައްމުލައް / ލޭޒާ، އާލިފް އަޙްމަދު (26އ) އެވެ.

އަޙުމަދު ޢަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ނޮވެމްބަރު 10 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އިސްމާޢީލް ވަޙީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ނޮވެމްބަރު 10 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު މިދުހަތު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ނޮވެމްބަރު 10 ވަނަ ދުވަހުގެ 13:45 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އާލިފް އަޙުމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ނޮވެމްބަރު 10 ވަނަ ދުވަހުގެ 14:10 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ، މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.