ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ ދެ މަހުގެ ކުއްޖަކު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު 12:00 ހާއިރު މަރުވެފައި ވަނީ ދެ މަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެކުއްޖާ މަރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 247އަށް އަރާފައެވެ.