ޗައިނާ ސިފައިންނާ ގުޅިފައިވާ ކުންފުނިތަކުން އެމެރިކާގައި އިންވެސްޓް ކުރުން މަނާކުރުން އެމެރިކާގެ ރައީސް ދަމަހައްޓަވައިފިއެވެ. މިކުންފުނިތަކުގައި އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކަށް އިންވެސްޓް ކުރުމާއި ޙިއްސާ ގަތުމުގެ މުއާމަލާތުތައް ހިންގުމަކީ މީގެ ދަށުން މަނާވެގެންވާ ކަމެކެވެ.

އެމެރިކާގެ ހައުސް އފް ރެޕްރެޒެންޓެޓިވްސްގެ ރައީސާއަށް ފޮނުއްވި ސިޓީފުޅެއްގައި އެމެރިކާގެ ރައީސް ވިދާޅުވީ، އަބަދުވެސް ޗައިނާއިން މަސައްކަތް ކުރަނީ އެމެރިކާގެ ރައުސްމާލު ބޭނުން ކޮށްގެން އެގައުމުގެ އަސްކަރީ ކުޅަދާނަކަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާށެވެ. އަދި އެމެރިކާގެ ދާޚިލީ މަސްރަހަށާއި ބޭރުގައި ހުރި އެމެރިކާގެ މަސްލަހަތަށްވެސް ޗައިނާއިން ނުރައްކާ ކުރަމުންދާ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

ބައިޑެން ޗައިނާ ކުންފުނިތަކާ ދެކޮޅަށް އެޅުއްވި ފިޔަވަޅަކީ ކުރީގެ ރައީސް ޓްރަމްޕް އެޅުއްވި ފިޔަވަޅެކެވެ. މިފިޔަވަޅަކީ އެއް އަހަރު ދުވަސް ވަނދެން އެޅުއްވި ފިޔަވަޅެކެވެ. މި ފިޔަވަޅު އިތުރު މުއްދަތަކަށް ބައިޑެން ވަނީ ދަންމަވާފައެވެ.