ޗައިނާގެ މަނަވަރުތަކުން ޖަރުމަންވިލާތުގައި އުފައްދާފައިވާ އިންޖީން ބޭނުންކުރަމުންދާ ކަމަށް ޖަރުމަން ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. ޖަރުމަންވިލާތުގެ އެމްޓީޔޫ ކުންފުންޏާއި ވޯލްކްސްވޭގަން ކުންފުނިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ޖަރުމަން ކުންފުނިތަކުން ސަޕްލައި ކޮށްފައިވާ ޓެކްނޮލޮޖީއަކީ ސިވިލިއަންގެ ބޭނުންތަކާއި އަސްކަރީ ބޭނުންތަކަށް ބޭނުން ކުރެވޭ ޓެކްނޮލޮޖީއެކެވެ.
އެމްޓީޔޫ ކުންފުނިން ބުނެފައި ވަނީ އެކުންފުނިން ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސަށް މި ސާމާނު ވިއްކާފައި ނުވާނެ ކަމަށެވެ. ނަމަވެސް ޗައިނާގައި އުފެއްދި އެކުންފުނީގެ ސަބްސިޑިއަރީ އަކުން މިއިންޖީނުތައް އެކި ފަރާތްތަކަށް ވިއްކާފައި ވެއެވެ.
މިދިޔަ އޮގަސްޓް މަހު ޖަރުމަންވިލާތުގެ މަނަވަރުތަކުން ޗައިނާގެ ޝެންހާއީ އަށް ޒިޔާރަތް ކުރަން އެދުމުން ޗައިނާއިން ވަނީ ޖަރުމަން މަނަވަރުތައް ވަނުމަށް މަނާކޮށްފައެވެ.