ސްރީލަންކާގެ ކުރޮޅިތަކުގައި ކިޔޫއާރް ކޯޑް ބޭނުން ކުރަން ނިންމައިފިއެވެ. ކުރޮޅިތަކަށް ކިޔޫއާރް ކޯޑް ދޭނީ އެ ކުރޮޅިއެއް ރަޖިސްޓްރީ ވެފައިވާ ފުލުހުންގެ ސްޓޭޝަނަކުންނެވެ.
މީގެ މަގްސަދަކީ ފޯނުން ކިއޯއާރް ކޯޑު ސްކޭން ކޮށްލުމުން ކުރޮޅީގެ މައްލޫމާތު ބޭނުންވާ ފަރާތަށް ލިބުމެވެ. އަދި ކުރޮޅި ވަގަށް ނެގުމާއި ކުރޮޅި ބޭނުންކޮށްގެން ހިންގާ ޖަރީމާތައް މަދު ކުރުމަށް މަސައްކަތް ކުރުމެވެ.
ކުރޮޅިތަކަށް ސިޓީތަކުގައި މުހިންމު ހިސާބުތަކުގައި ޕާކު ކުރުމަށް ހުއްދަ ލިބޭނީ ކިއުއާރު ކޯޑް ޖަހާފައި ހުންނަ ކުރޮޅިތަކަށް އެކަންޏެވެ. ސްރީލަންކާ އިން ވަނީ ނޭޝަނަލް ކިއުއާރް ކޯޑް ސްކީމެއް ތައާރަފް ކޮށްފައެވެ.