މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި މިއަދު ކުޅުނު މެޗުވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.

ބަންގުލަދޭޝްއާއި ސީޝެލްސް ބައްދަލުކުރި މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެން ނެވެ.

ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ފުރަތަމަ ގޯލެއް ޖަހާފައި ވަނިކޮށް، ސީޝެލްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ވަގުތުގަ އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ބަންގުލަދޭޝް އިން ލަނޑުޖަހާ ލީޑު ނެގި އެވެ.

ފަހު ހާފުގައި ސީޝެލްސްއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 88 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެންޑަން ލެބްރޮސް އެވެ.