އައްޑޫ ސިޓީން މިހާތަނަށް 2353 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އެހެނަސް އޭގެތެރެއިން 1947 މީހަކުވަނީ ބަލީން ފަސޭހަވެފައެވެ.

އައްޑޫގެ ވަކި އަވަށްޓަކުގެ އަދަދަށް ބަލާއިރު އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެރަށުގައި ތިބި އެކްޓިވް ކޭސްގެ އަދަދަކީ 209 އެވެ. ދެވަނައަށް އެކްޓީވް ކޭސްތައް އެންމެ ގިނައީ މަރަދޫގައެވެ. އެއީ 76 ކޭސްއެވެ. ތިންވަނައަށް އެންގެ ގިނަ އެކްޓިވް ކޭސްތައއް ތިބީ ފޭދޫގައެވެ. އެއީ 62 މީހެކެވެ. މީދޫގައި 31 މީހެކެވެ. ގަމުގައި 6 އެވެ. ހުޅުދޫގައި 3 އެވެ. މުޅި ސިޓީގެ އެކްޓިވް ކޭސްގެ އަދަދަކީ 397 އެވެ.

ފާއިތުވު 24 ގަޑިއިރުތެރޭ އައްޑޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 30 މީހެކެވެ. އެއީ ހިތަދޫން ޕޮޒިޓިވްވި 19 މީހަކާއި މަަރަދޫން ޕޮޒިޓިވްވި 6 މީހަކާއި ފޭދޫން ޕޮޒިޓިވްވި 3 މީހަކާއި މަރަދޫފޭދޫން 2 މީހަކާއި ގަމުން އެކެކެވެ.

މި ބަލީގައި މިހާތަނަށް އައްޑޫއިން ވަނީ 9 މީހަކު ނިޔާވެފައެވެ. އަދިވެސް 246 ޑައިރެކްޓް ކޮންޓެކްޓުން އައްޑޫގައި އެބަތިއްބެވެ.