ފުވައްމުލަކު ސިޓީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ހޯދަނޑު އަވަށުގެ ވަނަވަރު ކިޔާ ގޭގެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ މިއަދު 10:55 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 10:43 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.