މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. ނޫވިނަ ގޭގައެވެ. އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުފަހު 2:58 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ ނޫވިނަ ގޭގައި ރޯވި އަލިފާން މިއަދު މެންދުރުފަހު 3:11 ގައި ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަލިފާން ރޯވެފައިވަނީ އެގޭގެ ކޮޓަރީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވި ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.