ދިރާގުން ހޮސްޕިޓާލިޓީ ދާއިރާއަށް އަމާޒުކޮށްގެން، ކޮންމެހެން ބޭނުންވާ، މުހިންމު ޚިދުމަތްތައް އެއް ޕްލެޓް ފޯމަކުން ލިބޭނޭ ނިޒާމެއް "އީކޯސިސް" ގެ ނަމުގައި ތައާރަފްކޮށްފިއެވެ.

ދިރާގު އީކޯސިސް ޕްލެޓްފޯމް ޚާއްސަކޮށްފައިވަނީ ރެސޯޓްތަކަށް އިތުރު ރައްކާތެރިކަމާއި އޮޕަރޭޝަންސް މެނޭޖްކުރަން ލުއިފަސޭހަތައް ލިބޭނެ ފަދަ ގޮތަކަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އެގޮތުން، އީކޯސިސްގައި ހިމެނޭ ޚާއްސަކޮށްލެވޭ 5 ޚިދުމަތުގެ ތެރޭގައި؛ އަލިފާނުގެ އަސަރު ދެނެގަތުން، އޯޑިއޯ ޚިދުމަތް، ޑްރޯން ޑިޕްލޮއިމެންޓް ޚިދުމަތް، ހުއްދަނެތި ވަންނަ މީހުން ދެނެގަތުން އަދި ލޮކޭޝަން ބޭސްޑް ޚިދުމަތްތައް ހިމެނެއެވެ.

"އިކޯސިސް" ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދިރާގުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ރިސަރޗްތަކާއި އެ ބޭފުޅުންގެ ލަފަޔާ އެކީގައިއެވެ.

އަލިފާނުގެ އަސަރު ދެނެގަތުން

ދިރާގު އީކޯސިސް ފަޔަރ ސަރވިސް ނުވަތަ އަލިފާނުގެ އަސަރު ދެނެގަންނަ ފަޔަރ އެލާމް މޮނިޓަރިންގ ޚިދުމަތަކީ ކަސްޓަމަރުންގެ ނެޓްވޯކާއި، ލޮކޭޝަނާ ގުޅިފައިވާ ޚިދުމަތެކެވެ.އަދި ފަޔަރ ސަރވިސްގެ ޑޭޝްބޯޑުން ފަސޭހަކަމާއެކު ހާދިސާއެއް ހިނގައިގެން އުޅޭ ތަން ހޯދައި، އަލިފާން ނިވުމުގެ މަސައްކަތް އަވަހަށް ފެށޭނެއެވެ.

ލޮކޭޝަން ބޭސްޑް ސަރވިސަސް

ލޮކޭޝަން ބޭސްޑް ސަރވިސް މެދުވެރިކޮށް އެއްގަމާއި ކަނޑުގެ ސަރަހައްދުތައް މޮނިޓަރ ކުރެވޭނެއެވެ. ޖީޕީއެސް ޓްރެކިންގް ޑިވައިސް، އަދި ސީސީޓީވީ ކެމެރާ ފަދަ ޑިވައިސްތައް މެދުވެރިކޮށް ރަށުގެ އެކި ސަރަހައްދުތައް ޓްރެކްކޮށް މޮނިޓަރަ ކޮށް ހެދޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން، ލައިވް ފީޑްގެ ރިކޯޑިންގް ހަދާ، ފަހުން ބަލާލެވޭނެއެވެ.

އޯޑިއޯ ޚިދުމަތް

ދިރާގު އީކޯސިސް ހޮސްޕިޓާލިޓީ ޕްލެޓްފޯމްގައި ތަފާތު ގިނަ ބޭނުންތައް ހިފޭނެ ފަދަ ސައުންޑް ސިސްޓަމެއް ވަނީ އެކުލަވާލާފައިއެވެ. އެގޮތުން، މި ސައުންޑް ސިސްޓަމް މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓް ހަދާ، ބެކްގްރައުންޑް މިއުޒިކް ޖަހާލާ އަދި މީގެ އިތުރުން، ގެސްޓުންނަށް އިން-ރޫމް ޑިވައިސް މެދުވެރިކޮށް ކޮޓަރީގައި ބޭނުން މިއުޒިކެއް ޖަހާލެވޭނެއެވެ.

ޑްރޯން ޑިޕްލޮއިމެންޓް ޚިދުމަތް.

މި ޕްލެޓްފޯމުގައި ހިމެނޭ ޑްރޯންގެ ޚިދުމަތުން، އެއްގަމާއި ކަނޑުގެ މޮނިޓަރިންނަށް އިތުރު ފަސޭހަކަމެއް ލިބި، އެމަޖެންސީ ހާލަތްތައް ދެނެގަންނަށް ފަސޭހަވެގެން ދާނެއެވެ. ޑްރޯން ޚިދުމަތުގައި އޮޓޯމެޓިކުން ނޫނިއްޔާ އަމިލައް އަށް ފްލައިޓް ކޮންޓްރޮލް ކުރުމުގެ ނިޒާމު އެކުލެވިގެންވެއެވެ. އަދި މި ކަމުގެ ސަބަބުން މޮނިޓަރިންގެ ޕްރޮސެސް އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހުއްދަނެތި ވަންނަ މީހުން ދެނެގަތުން ނުވަތަ "އިންޓްރޫޑަރ ޑިޓެކްޝަން"

"ޖިއޯ ފެންސިން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑައެޅިފައިވާ ދިމާލެއްގައި ދަތުރުކުރާ އުނޅަދުތައް ޓްރެކްކޮށް، ހުއްދަނެތި ވަދެ ނިކުމެ އުޅޭ އުޅަނދުތައް ބަލާ، އެ ފަދަ އުޅަނދެއް ފެނިއްޖެ ނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެކަމާބެހޭ ނޮޓިފިކޭޝަން ފޮނުވައިދޭނެއެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.