އަފްޣާނިސްތާންގެ ނޫސްވެރިންނާ ބެހޭ މައި ޖަމުއިއްޔާއިން ބުނާ ގޮތުން މީޑިއާ އިދާރާތަކުން ވަނީ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނަކީ ނޫސްވެރިންކަމަށް ހަދައި ވަގު ސެޓްފިކެޓްތައް ދީގެން އެމީހުން ނޫސްވެރިންގެ ގޮތުގައި ގައުމުން ބޭރުކޮށްދީފައެވެ.

އަފްޣާނިސްތާންގެ ނޭޝަނަލް ޔޫނިއަން އޮފް ޖާނަލިސްޓުން ބުނެފައި ވަނީ އެއްވެސް ފަރާތަކުން ޔަގީން ކުރަން ބޭނުން ނަމަ އަފްޣާނިސްތާންގެ ނޫސްވެރިންގެ ތަފްސީލު އެޖަމުއިއްޔާއަށް ދެވިދާނެ ކަމަށެވެ.

މިމައްސަލާގައި ނޫސްވެރިންގެ ޖަމުއިއްޔާއިން ވާހަކަ ދައްކަން ޖެހުނީ އަފްޣާނިސްތާންގެ އެތަތއް ސަތޭކަ ނޫސްވެރިން އަދިވެސް މައިދާނުގައި މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ފަރާތަކުން އެމީހުންނަށް އެއްވެސް އެހީތެރިކަމެއް ދީފައި ނުވާތީއެވެ. އެހެންނަމަވެސް ނޫސްވެރިން ކަމަށް ހެދިގެން ބައެއް ފަރާތްތަކުން ބައިނަލްއަގްވާމީ އެހީ ހޯދައިގެން ފައިދާ ނަގަމުންދާ ކަމަށް ބުނެއެވެ.