ލީބިއާގެ ރިއާސީ އިންތިޚާބު ގާތް ވަމުން އަންނަ އިރު ކެންޑިޑޭޓުން ދަނީ އިންތިޚާބުގައި ބައިވެރިވާނެ ކަމަށް ބުނެ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.
ލީބިއާގެ ރިއާސީ އިންތިޚާބުގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ ކާމިޔާބީއަށްޓަކައި ހަތުރުވެރިން މިތުރުންނަށް ވަމުންދާ މަންޒަރެވެ.
ކެމްޕޭންގެ މީޑިއާ ކެމްޕޭނަށްޓަކައި އިޒްރޭލުގެ މީޑިއާ ކުންފުންޏަކުން، ޝައުވެރި ދެ ކެންޑިޑޭޓަކު ވަނީ ފައިސާއަށް އެ ދެމީހުންނަށް ކެމްޕޭން މެނޭޖްކޮށް ދިނުމަށް އެދިފައެވެ. އިޒްރޭލު ކުންފުނިން ބުނެފައި ވަނީ ދެ ކެންޑިޑޭޓުންނަށްވެސް ކެމްޕޭން ކޮށްދޭނީ އެކުންފުނީގެ ތަފާތު ދެ ގޮފިންނެވެ.
މި ދެކެންޑިޑޭތަކީ ލީބިޔާގެ ބާރުގަދަ ޑިކްޓޭޓަރު ގައްޒާފީއާއެކު ޒަމާންގަނޑެއް ވަންދެން އުޅުނު، ޖެނެރަލް ޚަލީފާ ހަފްތަރެވެ. އަނެއް ކެންޑިޑޭޓަކީ ގައްޒާފީގެ ދަރިފުޅު ސައިފުލް އިސްލާމް އެވެ.
ލީބިޔާއާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޚަލީފާ ހަފްތަރުގެ ދަރިފުޅު ވަނީ އިޒްރޭލަށް ގޮސް އިޒްރޭލުގައި ކާމިޔާބު ކެމްޕޭންތައް ކޮށްދީފައިވާ ކުންފުނީގެ މަދަދަށް އެދިފައެވެ.
މީގެ އިތުރުން ޚަލީފާ ހަފްތަރުއާއި ސައިފުލްއިސްލާމް އެއްގަލަކަށް އަރައިގެން ގުޅިގެން މަސައްކަތް ކޮށްފާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާ ކޮށްފައި ވެއެވެ.
ޚަލީފާ ހަފްތަރުއަކީ ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގެންފައިވާ ލީބިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އަމިއްލަ ހަނގުރާމަވެރިން ގެންގުޅޭ ޖެނެރަލެކެވެ.
އޭނާގެ އަތްދަށުގައި އޮތް ސަރަހައްދުތައް ސިފައިންގެ އަތްދަށްއައިސް މިނިވަމުން ދާއިރު އެތަންތަނުން ޖަމާއީކޮށް މީހުން މަރައި ވަޅުލާފައިވާ ތަންތަނުން ކަށްބޯތައް ދަނީ ފެންނަމުންނެވެ.
މިހުރިހައި ކަމެއްގައި މެދުވެރިއެއްގެ ބައި ކުޅެނީ ޔޫއޭއީން ކަމަށް ލަފާ ކުރެވެއެވެ. ޚަލީފާ ހަފްތަރުގެ ދަރިފުޅު އިޒްރޭލިގެ ބެންގޯރިއޮން އެއަރޕޯޓަށް ފޭބީވެސް އިމާރާތުން ދިޔަ މަތިންދާ ބޯޓަކުންނެވެ.
އިމާރާތުގެ މަސްއޫލުވެރިއަކު ވޮދާޅުވި ގޮތުގައި ރިއާސީ އިންތިޚާބުގައި ކާމިޔާބު ކުރާ ފަރާތަކީ ހަފްތަރު ކަމުގައި ވިއަސް ނުވަތަ ސައިފުލް އިސްލާމް ގައްޒާފީކަމުގައި ވިއަސް މިއިން ކޮންމެ ބޭފުޅަކުވެސް އިޒްރޭލާއެކު ގުޅުން އުފައްދަވާނެއެވެ. އެއާއެކު ލީބިޔާ ވެގެންދާނީ ފަސްވަނައަށް އިޒްރޭލޖު ބަލައިގަންނަ އަރަބި އަޚަށެވެ.
މީޑިއާ ބުނާ ގޮތުން ލީބިއާއަކީ އިޒްރޭލަށް މުހިންމުޖ ގައުމެކެވެ. އެއީ މިސްރާއި ޖެހިގެން ލީބިޔާ އޮތުމާއި މެޑިޓެރޭނިއަން ކަނޑަށް ލީބިޔާގެ އައްސޭރިފަށް އޮތުމާއި ގިނަ އަދަކަށް ލީބިޔާ ޔަހޫދީ ދަރިކޮޅެއް އޮތުމެވެ.
ބެލެވޭ ގޮތުގައި ލީބިޔާގެ މަގްބޫލު ކެންޑިޑޭޓަކީ މިހާރުގެ ބޮޑު ވަޒީރު އަބްދުލް ޙަމީދު އައްދަބީބާއެވެ. އޭނާ ވަނީ ގައުމު އެއްބައިވަންތަ ކުރައްވައި އިގްތިސާދު ރަނގަޅު ކުރައްވައި އަލަށް މީހަކާ އިންނަ ކޮންމެ ދެ މަފިރިއަކަށް 10 ހާސް ޑޮލަރު ދެއްވުމުގެ މަޝްރޫއެއް ފަށްޓަވާފައެވެ.