ރެޑްސީގައި އެމެރިކާ ސިފައިން އަސްކަރީ ތަމްރީންތައް ބާއްވަން ފަށައިފިއެވެ. މިތަމްރީންތަކުގައި އިޒްރޭލާއެކު ޔޫއޭއިއާއި ބަޙްރައިން ބައިވެރިވެއެވެ. މިއީ އިޒްރޭލާއެކު ގުޅުން ގާއުމް ކުރިފަހުން މިދެ އަރަބި ގައުމުން ބާއްވާ މިފަދަ ފުރަތަމަ ތަމްރީނެވެ.
އިޒްރޭލު މީޑިއާއިން ބުނިގޮތުގައި ފަސް ދުވަހުގެ މި ތަންރީނަކީ އީރާނުން ނުރައްކާ ކުރަން ފެށުމުން ރެޑްސީގެ ސަލާމަތަށް ޓަކައި ބާއްވާފައިވާ ތަމްރީނެއް ކަމަށް ށެވެ.
އެމެރިކާއިން މިތަމްރީންގައި ބައިވެރިވަނީ އެމެރިކާގެ ފިފްތު ފްލީޓެވެ. މިއީ މަތިންދާބޯޓް އުފުލާ މަނަވަރުތަކާއެކު އަރަބި ފަލްފާއި ރެޑްސީ ސަރަހައްދަށް ޚާއްސަކޮށްފައި އޮންނަ އެމެރިކާގެ ފްލީޓެވެ.
އީރާނުން ވަނީ މި ތަމްރީނުތައް ކުށްވެރިކޮށްފައެވެ. އީރާނުން ބުނިގޮތުގައި އިޒްރޭލުގެ މަގްސަދަކީ ސަރަހައްދަށްނުރައްކާ ކުރުމެވެ. ނަމަވެސް އިޒްރޭލުން އިސްވެ އީރާނަށް ޙަމަލާ ދީފިނަމަ އިޒްރޭލު ނެތިކޮށްލުން އޮތީ އީރާނުގެ އަތްމަތީގައި ކަމަށް ތެހެރާނުން ބުންޏެވެ.