ޗައިނާގެ ގަސްކާނާގެ ޝިޕްމެންޓަށް ނޫނެކޭ ބުނުމަށްފަހު އިންޑިއާއިން ގަސްކާނާ އެތެރެ ކުރުމަށްފަހު ސްރީލަންކާގެ ޕާލަމެންޓުން އިންޑިއާ ސްރީލަންކާ ޕާލަމެންޓްރީ ގްރޫޕެއް އެކުލަވާލައިފިއެވެ. މި ގްރޫޕުގައި ހިމެނެނީ ސްރީލަންކާގެ ޕާލަމެންޓްގެ ސީނިއާ މެންބަރުންނެވެ.
ސްރީލަންކާ ޕާލަމެންޓުން އިންޑިއާ ސްރީލަންކާ ޕާލަމެންޓްރީ ގްރޫޕް އެކުލަވާލިކަމަށް އިޢުލާން ކުރީ، ސްރީލަންކާގެ ޕާލަމެންޓްގެ ރައިސް މަހިންދަ ޔާޕާ އަބޭވަރްދަނައާއި އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރ ގޯޕާލް ބަގްލޭގެ ހާޒިރުގައެވެ.
މި ބައްދަލުވުމުގައި 100 އެމްޕީންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.
މި ގްރޫޕްގެ ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ މިނިސްޓަރ އިފް އިރިގޭޝަން އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ސެކިއުރިޓީ އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޗަމްބަލް ރާޖަޕަކްސަ އެވެ.
ނާއިބް ރައީސުންގެ ގޮތުގައި ތިން މެމްބަރަކު އައްޔަން ކުރެވުނެވެ. މިއިން އެއް އެމްޕީއަކީ ރައޫފް ޙަކީމް އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޕްރޮފެސަރ ޖީ އެލް ޕީރިސް ވަނީ އިންޑިއާއާއި ސްރީލަންކާގެ ދެމެދުގެ ޒަމާންވީ ޙަޟާރީ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އިންޑިއާ ޕާލަމެންޓް ލޮކް ސަބާގެ ރައީސް އޯމް ބައިރަލާގެ މެސެޖެއްވެސް އިއްވުން އޮތެވެ.