ބޭނުންވާ ތަކެތި

750 ގުރާމު ބީފް (ގެރިމަސް )

2 ފިޔާ

2 މޭޒުމަތީސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮށްފައި/ޕޭސްޓް )

½ 1 މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

2 މޭޒުމަތީސަމުސާ މުގުރި މިރުސް

½ ސަމުސާކޮތަނބިރިހަވާދު/ކުކުޅު ހަވާދު ( މުގުރި )

1 މޭޒުމަތީސަމުސާ ކޯންފުލާ

½ ސަމުސާ ހަކުރު

1 މޭޒުމަތީސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީސަމުސާ ގްރީން ޗިލީ ސޯސް

1 މޭޒުމަތީސަމުސާ ޓޮމާޓޯ ކެޗަޕް

½ ލުނބޯގެ ހުތް

4 ތޮޅިމިރުސް

1 ގްރީން ކެޕްސިކަމް

1 އިންޗި އިނގުރު

1 ޖޯޑު ތެޔޮ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ގެރިމަސް ކުދިކޮށް ކޮށާލުމަށްފަހު ސާފުކޮށްލާށެވެ. އެއަށްފަހު ބޯތައްޓަކަށް އަޅާށެވެ. ދެން ލޮނާއި 1 ސަމުސާ މުގުރި މިރުސް 1 ސަމުސާ އަސޭމިރުސް، ހަވާދު، އިނގުރު ލޮނުމެދު ޕޭސްޓް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ފަނަރަވަރަކަށް މިނެޓް މެރިނޭޓްކުރަން ބަހައްޓާށެވެ. ދެން މެރިނޭޓްކުރި މަސްކޮޅު ކުކަރެއްގައި 4 ފަހަރު އަޑުގޮވަންދެން ކައްކާލާށެވެ. އެއަށްފަހު ކުކަރުން ގެރިމަސްކޮޅު ނަގާ ތައްޓަކަށް އަޅާށެވެ. ދެން 1 ސަމުސާ ކޯންފުލާ 1 ސަމުސާ މުގުރި މިރުސް ލުނބޯ ހުތް ޖެހުމަށްފަހު ހުރިހާއެއްޗެއް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ތަވަޔަކަށް ތެޔޮ އަޅާ އުނދުންމައްޗަށް އުދާށެވެ. ތެޔޮ ފޮދު ހޫނުވުމުން ގެރިމަސްކޮޅު އަޅާ ތެއްލަލާށެވެ. އެއަށްފަހު އެހެން ތަވައަކަށް 1 ސަމުސާ ތެޔޮ އަޅާ ހޫނުކޮށްލާށެވެ. ތެޔޮފޮދަށް ހޫނުވުމުން އިނގުރުކޮޅު ކޮށާލާފައި އަޅާށެވެ. އެއަށްފަހު ތޮޅިމިރުސްކޮޅު ފަޅާލާފައި އަޅާށެވެ. ދެން ފިޔާވެސް ކޮށާލުމަށްފަހު ތެޔޮފެދުތެރެއަށް އަޅާށެވެ. ހުރިހާ އެއްޗެއް އެއްކޮށް ދޭފަތަކުން ހަލަމުން 1 މިނެޓު ވަންދެން ހަނާކޮށްލާށެވެ. އެއަށްފަހު ½ ސަމުސާ މުގުރި އަސޭމިރުސް އަޅާށެވެ. ދެން ކެޕްސިކަމްވެސް ދިގުކޮށް ކޮށާލުމަށްފަހު ތަވަޔަށް އަޅާށެވެ. އަދި ސޯޔާ ސޯސް އާއި ގްރީން ޗިލީ ސޯސް ޓޮމާޓޯ ކެޗަޕް މުގުރި މިރުސް އަދި ހަކުރުވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ގެރިމަސްކޮޅު އަޅާ ހުރިހާއެއްޗެއް އެއްކޮށް 2 މިނެޓު ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ.