ސްޕޭސް އެކްސްގެ ޑްރެގަން ކެޕްސޫލް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ލަފައިފިއެވެ. ސްޕޭސް އެކްސްގެ މި ދަތުރުގައި އިސްކޮށް ހުރި އެސްޓްރޮނޯޓަކީ އިންޑިއާ ދަރިކޮޅުގެ ރާޖާ ޗަރީއެވެ. އޭނާއާއެކު އިތުރު ތިން ފަޅުވެރިން މި ކެޕްސޫލްގައި ދަތުރުކުރިއެވެ.
އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ޑްރަގަން ކެޕްސޫލް ލަފާފައި ވަނީ ކެރީބިއަން ކަނޑުމަތިން 260 މޭލުގެ ބާރު މިނުގައި ސްޓޭޝަން ދަތުރުކުރަނިކުރަނިކޮށެވެ.
އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ހަ މަސްވަންދެން މި މީހުން މަސައްކަތް ކުރާނެ ކަމަށް ނާސާއިން ބުނެއެވެ.