ވ.އަތޮޅު ކައުންސިލް އިދާރާ 'ޒަމާނީ ހިންގުމަށް" ބަދަލުކުރުމާއި، ވ.އަތޮކައުންސިލް އިދާރާގެ ލޯގޯ އަދި ސާރވިސް ޗާރޓަރު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ކަމަށް ބޭއްވި ރަސްމީ ހަފުލާ އޮތީ 11 ނޮވެމްބަރ 2021 ވީ ބުރާސްފަތި ދުވަހުގެރޭ 8:30ގައި ވ.އަތޮޅު ކައުންސިލް އިދާރާގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ވ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އިމްތިޔާޒެވެ. އަދި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވ.ކެޔޮދޫ ދާއިރާގެ މެންބަރު ޙުސައިން ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ

ވ.އަތޮޅު ކައުންސިލްގެ އިދާރާ "ޒަމާނީ ހިންގުމަށް" ބަދަލުކުރުމަށް މި ގެނެވުނު ބަދަލުތަކަށް ހާއްސަކޮށްގެން ހިންގުނު "ބްރޭންޑިންގ" މަސައްކަތްތަކުގައި، ކައުންސިލް އިދާރާގެ ރަސްމީ ލިޔެކިޔުންތައް ޒަމާނީގޮތަށް ފަރުމާކޮށް، ވ.އަތޮޅު ކައުންސިލްގެ "ކޯރޕަރޭޓް އިމޭޖު" ދައްކުވައިދިނުމަށް ބޭނުންކުރާނެ ތަފާތު އުފެއްދުންތައްވަނީ ތަޢާރަފުކޮށްފައެވެ. މިގޮތުން މުވައްޒަފުންގެ ކާޑައި ކޯރޕަރޭޓް ޔުނިފޯމާއި އިދާރާއިން ބޭރުގައި ހިންގާ ޙަރަކާތްތަކުކައި ބައިވެރިވާއިރު ބޭނުންކުރާނެ ޔުނިފޯމާއި ޕްލާސްޓިކް ފުޅީގެ ބަދަލުގައި އިދާރާގައި ބޭނުންކުރާނެ ފެންފުޅި ފަދަ ތަކެތި އިފްތިތާޙްކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އިދާރާގެ އިދާރީ ހިންގުމަށް މި ގެނެވޭ ބަދަލުތަކުގެ ބޭނުމަކީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް، ހަލުވިކޮށް، ކައުންސިލްގެ ނިޒާމު ހިންގުމުގައި ވ.އަތޮޅުން ނަމޫނާ މަސައްކަތްތަކެއް ކުރުމެވެ. އަދި ވ. އަތޮޅު ކައުންސިލް ދެމި އޮންނާނީ ތަފާތު ދައްކައި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ރަށްރަށަށް ގެނެސްދިނުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރާ ނަމޫނާ ކައުންސިލެއްގެގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާޙްކުރެވިގެން ދިޔަ ސާރވިސް ޗާރޓަރަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މިންގަނޑުތަކާއި މުއްދަތާއި މި ޚިދުމަތްތައް ހޯއްދެވުމަށް އާއްމުން ޢަމަލުކުރައްވަންވީ ގޮތް ބަޔާންކުރާ ލިޔުމެއް ކަމުގައިނކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވިއެވެ. މި ޗާރޓަރ ހަފްލާއަށް ހުށަހަޅުއްވައިދެއްވީ ފެލިދެއަތޮޅު ކައުންސިލްގެ އެގްޒެކެޓިވް ޢަބްދުލް މަޖީދު ޢަބްދުލްޣަނީއެވެ.

މި ހަފުލާގައި ފެލިދުއަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ޒިންމާދާރުވެރީންގެ އިތުރުން ވ.ފެލިދޫގެ ސަރުކާރުގެ އިދާރާތަކުގެ ވެރިން ބައިވެރިވވެ ވަޑައިގަތެވެ.