ކޮރޯނާ ވައިރަހާ ގުޅިގެން މަޣްރިބުގެ ފަތުރުވެރިކަން 80 އިންސައްތަ ދަށަށް ގޮސްފައި ވެއެވެ. ފަރތުވެރިކަން ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަހަކަށް ވެފައި ވަނީ ކައިވެންޏަކާ ނުލައި ދެ މީހަކު ހޮޓަލުގައި ކޮޓަރި ހިއްސާ ކުރުން މަނާ ކުރުމާ ގުޅިގެންނެވެ.
މަޣުރިބްގެ މީހުން ސަރުކާރުގެ ނިންމުމާ ދެކޮޅު ހަދަމުން ބުނެފައި ވަނީ ބާލިޣުވެފައިވާ ބޮޑެތި މީހުން އަމިއްލަ ރުހުމުގައި އެއްކޮށް އުޅުނަށް އެއްދާން ކުރިއަސް ސަރުކާރުން މީހުންގެ ބޯކޮޅު ބަލާކަށް ނުޖެހޭ ކަމަށެވެ.
މަޣްރިބްގެ ގާނޫލްއުގޫބާތު ބުނާ ގޮތުން ކައިވެންޔަކާއި ނުލައި ހިލޭ ދެމީހަކު އެއް ކޮޓަރިއެއްގައި ތިބުމަކީ ހައްޔަރުކޮށް އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމެކެވެ.
މަމަޣްރިބްގައި ކޮޓަރީގެ ތަޅުދަނޑި ދިނުމުގެ ކުރިން ކައިވެނީގެ ސެޓްފިކެޓް ރިސެޕްޝަނިސްޓް ބަލާނެއެވެ. އަދި ދޭތެރޭން ހޮޓާތަކަށް ފުލުހުން ވަދެ ކޮޓަރިތައް ފާސް ކޮށް މީހުން އުޅޭ ނޫޅޭ ގޮތް ބަލާނެއެވެ.
މަގްރިބްގެ އައު ބޮޑު ވަޒީރު އަޒީޒު އަޚްނޫޝްއަކީ ތަންކޮޅެއް މިނިވަން ޚިޔާލުގެ މީހެއްކަމަށް ބެލެވެއެވެ. އޭނާ ވަނީ މި ގާނޫނަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
މީސްމީޑިއާގައި މީހުން ވަނީ މިގާނޫނުން ސަލާމަތްވެ މަޖާކުރާނެ ބައެއް ޓިޕްތައްވެސް ކިޔައި ދީފައެވެ. އެގޮތުން ދެ ކޮޓަރި ހިފައިގެން ތިބެ އެއް ކޮޓަރިގައި މަޖާ ކުރުމަށާއި ހޮޓަލަށް ދާއިރު ދެ މީހުންވެސް އެންގޭޖްމަންޓް ރިންގް އަޅައިގެން ދިއުމަށާއި ރިސެޕްޝަނިސްޓަށް ރިޝްވަތު ދިނުމަށްވެސް ހުށަހަޅާފައި ވެއެވެ.
އެހެން ބައެއް މީހުން ބުނަނީ ޔޫއޭއީފަދަ ތަންތަނުން މިފަދަ ގާނޫނުތައް އުވާލާއިރު އެއިން އިބްރަތް ލިބިގަތުމަށެވެ.