އުރުދުޣާންގެ ގަނޑުވަރުގެ ފޮޓޯތައް ނެގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިޒްރޭލު ދެމަފިރިން މިނިވަން ކުރުމަށް ތުރުކީން ނިންމައިފިއެވެ. އާއިލީ ޗުއްޓީއެއް ހޭދަކޮށްލުމަށް ގޮސް އުޅުނު ދެމަފިރިން ތުރުކީ ރައީސް ތަޖަބު އުރުދުޣާންގެ ގަނޑުވަރު ރީތިވެގެން ފޮޓޯ ނަގައި އާއިލާގެ ވަޓްސެޕް ގްރޫޕަށް ލިއެވެ. މިމީހުންނަށް އެމީހުންގެ މި އަމަލަކީ މަނާ ކަމެއްކަން ކުރިން ނޭނގޭ ކަމަށް ބުނެއެވެ.

ތުރުކީން މިމީހުން ހައްޔަރު ކުރީ އިޒްރޭލުގެ މޯސާދްގެ ސިއްރު އެޖެންޓުން ކަމަށް ބުނެއެވެ.

އާއިލާއިން ބުނެފައި ވަނީ މިމީހުން ނަކީ އެއްވެސް ޖާސޫސީ އިދާރާއެއްގައި ބައިވެރިވާ ބައެއް ނޫން ކަމަށެވެ.