ހުޅުމާލެ ރޯހައުސްއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައި ވާގޮތުގައި ރޯވެފައި ވަނީ ހުޅުމާލެ ހިތިގަސްމަގުގެ ހަވަނަ ގޯޅީގައި ހުރި ރޯހައުސްއެއްގެ ތިން ވަނަ ފަންގިފިލާގަ އެވެ.

މި ހާދިސާ ހިނގާފައި ވަނީ 4:00 ހާއިރު އެވެ. 4:27 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ސިފައިންގެ އިން ވަނީ ބުނެފަ އެވެ.