ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 21 މީހަކު ކޮވިޑް-19 އިން ފަސޭހަ ވެއްޖެއެވެ. މިއަދަދާއެކު އެސިޓީން ވަނީ ޖުމްލަ 2015 މީހަކު ބަލީން ފަސޭހަވެފައެވެ. އައްޑޫސިޓީން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލައަކީ 2410 އެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި 21 މީހަކު ބަލީން ފަސޭހަވިޔަސް 28 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި ހިމެނެނީ 26 ބިދޭސީންނާއި 2 ދިވެހީންނެވެ. އޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވްވި 17 މީހަކާއި، މަރަދޫން ޕޮޒިޓިވްވި 5 މީހަކާއި ފޭދޫން ޕޮޒިޓިވްވި މީހަކާއި މަރަދޫފޭދޫން ޕޮޒިޓިވްވި 2 މީހަކާއި މީދޫން ޕޮޒިޓިވްވި 2 މީހަކާއި، ހުޅުދޫން ޕޮޒިޓިވްވި 4 މީހެކެވެ.

އައްޑޫ ސިޓީގެ މިހާރުގެ އެކްޓިވް ކޭސްގެ އަދަދަކީ 385 އެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ތިބީ ހިތަދޫގައެވެ. އެއީ 222 މީހެކެވެ. މަރަދޫގައި ތިބީ 55 މީހެކެވެ. ފޭދޫގައި ވެސް 55 މީހެކެވެ. މީދޫގައި ތިބީ 31 މީހެކެވެ. މަރަދޫފޭދޫގައި 12 މީހެކެވެ. ގަމުގައި 5 އެވެ، ހުޅުދޫގައި 4 އެވެ. އަައްޑޫއިން މި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 10 މީހެކެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިހާރުތިބީ 258 މީހެކެވެ.