އިނގިރޭސި ވިލާތުގެ ލީޑްސް ބެކެޓް ޔުނިވަރސިޓީ އިން ހަދާފައިވާ ދިރާސާއަކުން ސާބިތުވާގޮތުގައި ކެއުމުގައި ބޭނުންކުރެވޭ ބައެއް ބާވަތްތަކުގެ ސަބަބުން ވިސްނުމަށް އަސަރު ކުރެއެވެ. އާންމުގޮތެއްގައި ބޭނުންކުރާ ކާނާ ބޭނުންކުރެވޭ މިންވަރުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވުމުގެ ބަދަލުގައި ނުރަނގަޅު އަސަރުވެސް ކުރުވައެވެ.

ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބޭ މިންވަރު ކަށަވަރުކުރުމަކީ ކިޔަވާކުދިންގެ އިމްތިޙާން ދުވަސްވަރުގައި ވަރަށް މުހިންމު ކަމަކެވެ. މިގޮތުން އާންމުކޮށް ބޭނުންކުރާ ބައެއްކާނާ ކެވޭ މިންވަރަށް ސަމާލުވާން ޖެހެއެވެ.

އެނަރޖީ ޑްރިންކްސް އަދި މެޓާފަދަ ތަކެތި

އެނަރޖީ ޑްރިންކެއް ބޯލުމުން ނުވަތަ މެޓައެއް ކާލުމުން ހަކަތަ އިތުރުކޮށްދޭކަމަށް ގިނަ މީހުންބުނެއެވެ. މިތަކެތިން ނުރަނގަޅު އަސަރު ކުރަނީ ބަނޑުގައިޖަހާ ލޮކި މަހުގެ އިތުރުން ކުރުމުއްދަތާއި ދިގުމުއްދަތުގައި ހަނދާނުގައި ބަހައްޓަން ބޭނުންވާ މައުލޫމާތަށެވެ.

ކަނޑުމަސް

ދިވެހިން އާންމުކޮށް ކައި އުޅޭ ކަނޑުމަހަކީ ސިއްޙަތަށް ފައިދާ ހުރި ބާވަތެކެވެ. ނަމަވެސް ކަނޑުމަހުގައި ކެމިކަލްގެ ބާވަތެއްކަމުގައިވާ މާކަރީ ގިނަ އަދަދަކަށް ހުރުމުގެސަބަބުން ވިސްނުން ކޮށިކޮށް އަދި ސިކުނޑީގެ މަސައްކަތް ލަސްވެއެވެ.

ޗިޕްސް އާއި ޕިއްޒާ ފަދަ ތަކެތި

ފާސްފުޑް ކަނާ އަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ އަނގަޔަށް މީރު ކުޑަކުދިންވެސް އެކާހިތްވާ ކާނާތަކެވެ. ނަމަވެސް މި ކާނާތަކުގައި ހުންނަ ހަކުރާއި "ފުރުޓްޓޯސް" ސަބަބުން މެޓަބޮލިޒަމް (ކަނާ ހަކަތައަށް ބަދަލުކޮށްދިނުން ) ލަސްވެއެވެ. އަދި މީހާ އަވަހަށް ވަރުބަލިކޮށްލާ ސަމާލުކަން ކުޑަކުރުވައެވެ.

ޕާސްތާ، ހުދުބަތް، ޕާން އަދި އަލުވި

މިބާވަތްތަކަކީ ސްޓާޗީ ކާނާގެ ގޮތުގައި ހަޖަމުކުރުމަށް އުނދަގޫ އަދި ހަކަތަ ގިނައިން ބޭނުންވާ ބާވަތް ތަކެވެ. މީގެ އިތުރުން މި ބާވަތްތަކުގައި ހިމެނޭ ކާބޯހައިޑްރޭޓްސް އަދި ގްލައިކްސެމިކްގެ މާއްދާތަކަކީ އިންސާނާ ފަސޭހައިން ވަރުބަލި ކުރުވައި އަދި މޫޑަށް ފަސޭހައިން ބަދަލު ގެނުވާ ކަންކަމަށް ފޫހި ކުރުވާ އެއްޗެކެވެ.

ޗީޒް

ޗީޒަކީ ވަރަށް ގިނަ ކުދިންނަށް މީރު އެއްޗެކެވެ. ނަމަވެސް ޗީޒްގައި އެކުލެވޭ ސެޗްރޭޓެޑް ފެޓްސްގެ މިންވަރު ގިނަކަމުން މީހާ ކަންނެތްކުރުވާ އަދި ސިކުނޑިއަށް އަސަރު ކުރުވައެވެ.

ސޯއީ ސޯސް

ސޯއީ ސޯސް އަދި ގިނަ އަދަދަކަށް ސޯޑިޔަމް ހިމެނޭ ބާވަތްތަކީ ރަނގަޅަށް ފިލާވަޅުދަސްކުރަން ބޭނުނަވާ ކުދިންނަށް ރަނގަޅު ކާނާއެއް ނޫނެވެ. އަދި މިއީ އުފެއްދުން ތެރި ވިސްނުން ބޭނުންކުރާ ކުދީންނާއި ވަރަށް ދުރުކުރަން ޖެހޭ ބާވަތެކެވެ.

ވީމާ ވިސްނަންވީ ތިމާގެ ދަރިން ނާއި އާއިލާއަށް ދޭ ކާނާ އަކީ ދުޅަހެޔޮ ސިކުޑިއަކަށް މަގުފަހިވާނެ ކާނާ އަށް ހެދުމެވެ.

މައުލޫމާތު: ލީޑްސްބެކެޓް.އޭސީ.ޔޫކޭ