މާލޭ މައްޗަންގޯޅި ގެއެއްގެތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށގަނޑު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްޗަންގޯޅި ފަޅު ގެއަކުން ކުނިވަސް ދުވާކަމުގެ މަޢުލޫމާތު ލިބިގެން މިއަދު 15:42 ހާއިރު ފުލުހުން ގޮސް ބެލިއިރު މަރުވެފައި އޮތް ފިރިހެނަކު ފެނިފައިވާކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ ދިވެއްސެއްކަމަށް ނުވަތަ ބިދޭސީއެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ ސީންގައި ފުލުހުން ހަރކާތްތެރިވަމުން ދާކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމީހާގެ ހަށިގަނޑު އޮތީ ކުނިވެފައެވެ.