އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު 31 މީހަކު ބަލީން ފަސޭހަވެއްޖެ ކަމަށް އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

މިއަދަދަށް މީހުން މިއަދު ބަލީން ފަސޭހަވީއިރު، އިތުރު 15 މީހަކުވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއަދަދާއެކު އައްޑޫއިން ޕޮޒިޓިވްވި މީހުންގެެ ޖުމްލަ ވަނީ 2476 އަށް އަރައިފައެވެ. އޭގެތެރެއިން 2086 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އަލަށް ޕޮޒިޓިވްވި 15 މީހުންގެ ތެރެއިން 9 މީހަކު ނިސްބަތްވަނީ ހިތަދުއަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ޑައިރެކްޓު ކޮންޓެކްޓުުންނާއި ފުލޫ ކުލިނިކަށް ދެއްކި 4 މީހެކެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ 5 މީހެކެވެ. އެއީ ޑަައިރެކްޓް ކޮންޓެކްޓުންނެވެ. ފޭދޫއިން ޕޮޒިޓިވްވެފައިވަމީ 1 އެވެ، އެއީވެސް ޑައިރެކްޓެކްޓެެކެވެ.

އަައްޑޫގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 380 އެވެ. އެއީ ހިތަދޫގައި ތިބީ 214 މީހަކާއި މަރަދޫގައި ތިބި 46 މީހަކާއި މަރަދޫފޭދޫގައި ތިބި 7 މީހަކާއި ފޭދޫގައިތިބި 60 މީހަކާއި ހުޅުދޫގައި ތިބި 5 މީހަކާއި މީދޫގައި ތިބި 43 މީހަކާއި ގަމުގައި ތިބި 5 މީހެެކެވެ. އައްޑޫގެ އެއްވެސް ރިސޯޓެއްގައި އެކްޓިވް ކޭސް އެއް މިވަގުތު ނެތެވެ. އެސިޓޫގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާރުވެސް 253 މީހަކު އެބަތިިއްބެވެ. މިބަލީގައި އައްޑޫއިން މިހާތަނަށްވަނީ 10 މީހަކު ނިޔާވެފައެވެ.