"އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިއީ ގިބަބައެއްގެ މަދަދުވެރިކަމާއެކު ރާއްޖޭގެ ރޯވިންއެސޯސިއޭޝަނުން ބޭއްވި ޚާއްސަ މުބާރާތެކެވެ. މިމުބާރާތް ޚާއްސަވި ރާއްޖެއިން ބޭރުގެ އެތުލީޓުން މުބާރާތުގައި ވާދަކުރުމުންނެވެ. ރޯވިން އެސޯސިއޭޝަނަށް ގައުމީ ދަރަޖަ ދީފައި ނުވިޔަސް އެ އެސޯސިއޭޝަންގެ ރައީސްގެ ބުރަ މަސައްކަތުން ގެންދަވަނީ މި ކުޅިވަރު ރާއްޖޭގައި އާލާކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

މިމަހު 11 އިން 14 އަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި މުބާރާުގައި ރާއްޖެއިން ބޭރުގެ 23 އެތުލީޓަކާއި ރާއްޖޭގެ ފަސް ސްކޫލަކުން 130 އެތުލީޓުން ވާދަކޮށްފައިވެއެވެ. މުބާރާތުގައި ޕާކިސްތާނާއި، ތައިލެންޑުގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މިއީ މުބާރާތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.

މުބާރާތުގެ ނަތީޖާ:

ސާދަ އަހަރުން ދަށް (އަންހެން)

އެއްވަނަ: ފާތިމަތު ދާވޫދު ވަދޫދު (ކަރާޗީ ބޯޓު ކުލަބް)

ވަގުތު: 4:00 މިނިޓު

ދެވަނަ: ސެގަދާ އުރުބާ (ކަރާޗީ ބޯޓު)

ވަގުތު: 4:09 މިނިޓް

ތިންވަނަ: ފާތިމަތު ޔުމްނާ އާދިލް (ޝަރަފުއްދީން ސްކޫލް)

ވަގުތު: 4:14 މިނިޓުން

ސާދަ އަހަރުން ދަށް (ފިރިހެން)

އެއްވަނަ ރައްޔާން އިމްރާ (ކަރާޗީ ބޯޓު ކުލަބު)

ވަގުތު: 3:37 މިނިޓް

ދެވަނަ: ޝާޔަން އަޒީތު (ކަރާޗީ ބޯޓު)

ވަގުތު: 3:37 މިނިޓް

ތިންވަނަ: އާހިލް ހަސަން (ޝަރަފުއްދީން ސްކޫލް)

ވަގުތު: 4:06 މިނިޓް

ސާދަ އަހަރުން ދަށް (ފިހެން ޑަބަލްސް)

އެއްވަނަ: ރައްޔާން އިމްރާން ހަމްޒާ ނަވީދު

ވަގުތު: 3:04 މިނިޓް

ދެވަނަ: އަހުމަދު އަލަވީ އަލީ ނަޝީދާއި އަހުމަދު ސައީދު (ހިތަދޫ ސްކޫލް)

ވަގުތު: 3:06

ތިންވަނަ: މުހައްމަދު އަނޫފް އަލީއާއި އަންފާލް މުހައްމަދު (ހިތަދޫ ސްކޫލް)

ވަގުތު: 3:40 މިނިޓު

ފަނައަހަރުން ދަށް (ސިންގަލް)

އެއްވަނަ: މުހައްމަދު އައިހަމް (ހިތަދޫ ސްކޫލް)

ވަގުތު: 3:27 މިނިޓް

ދެވަނަ: މުހައްމަދު އަމާން (ކަރާޗީ ބޯޓު)

ވަގުތު: 3:26 މިނިޓް

ތިންވަނަ: އަބްދުﷲ އަމީން ވަހީދު (ހިތަދޫ ސްކޫލް)

ވަގުތު: 3:40 މިނިޓް

ފަނަރަ އަހަރުން ދަށް (މިކްސްޑް)

އެއްވަނަ: އަލީ ޝާހީ ރަޝީދު އާއިޝަތު މައާލް (ފޭދޫ ސްކޫލް)

ވަގުތު: 3:31 މިނިޓް

ދެވަނަ: އަހުމަދު އައިހަމް ސައީދު ފާތިމަތު ނައުފާ (ހިތަދޫ ސްކޫލް)

ވަގުތު: 3:34 މިނިޓް

ތިންވަނަ: އާހިލް ހަސަން ނމުހައްމަދާއި މަރިޔަމް މައިޝަމް މޫސާ (ޝަރަފުއްދީން ސްކޫލް)

ވަގުތު: 4:02 މިނިޓް

އަށާރަ އަހަރުން ދަށުގެ އަންހެން (ސިންގަލް)

އެއްވަނަ: އިމަން (ކަރާޗީ ބޯޓު)

ވަގުތު: 3:26 މިނިޓް

ދެވަނަ: އާއިޝަތު އާލިޔާ އަލީ ރަޝީދު (ޝަރަފުއްދީން ސްކޫލް)

ވަގުތު: 4:14 މިނިޓް

ތިންވަނަ: އާމިނަތު މިޝްކާ (ޝަރަފުއްދީން ސްކޫލް)

ވަގުތު: 4:38 މިނިޓް

އަށާރަ އަހަރުން ދަށުގެ އަންހެން (ޑަބަލްސް)

އެއްވަނަ: އިމާން އާއި ހުވޭޔާ ފައިސަލް (ކަރާޗީ ބޯޓު)

ވަގުތު: 3:20 މިނިޓް

ދެވަނަ: މަރިޔަމް ރަޒާން ރަޝީދާއި އާއިޝަތު އަލްޔާ އަލީ ރަޝީދު( ޝަރަފުއްދީން ސްކޫލް)

ވަގުތު:

ތިންވަނަ: އާމިނަތު މިޝްކާ އާއި އާއިޝަތު އާނީ އިބްރާހީމް (ޝަރަފުއްދީން ސްކޫލް)

ވަގުތު:

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑެސްޓިނޭޝަން ޕާޓްނަރ އަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫއެވެ. އޮފިޝަލް ޖާޒީ ސްޕޮންސަރ ކޮށްދެއްވައިފައިވަނީ ސަނީ އެންޓަރޕްރައިސަސް އެވެ. ޑްރިންކް ޕާޓްނަރއަކީ މޮގުމޮގު އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ ރާއްޖެ ޓީވީއެވެ. މީގެ އިތުރުން ކޯޕަރޭޓް ސޮޕޮންސަރުންނަކީ ސަރުކާރުގެ މައިވިޔަފާރި ކުންފުނި ކަމަށްވާ އެސްޓިއޯ، ސިގްނޭޗަރ، ސޮނޭވާ، އައްޑޫ ސިޓީ ކައުންސިލް، ވެންޒަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

މި މުބާރާތަށް އެމްޑަބްލިޔުއެސްސީ އިން ބޮޑު އެހީތެެރިކަމެއް ދެއްވާފައިވާތީ ރޯވިން އެސޯސިއޭޝަނުން ވަނީ އެކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ. މި އެހީތެރިކަން ފޯރުކޮށްދެއްވިއިރު އެ ކުންފުނީގެ އޮތީ މިފަދަ ކަމަކަށް ޚަރަދުކޮށްލަން އެންމެ އެކަށީގެންވާ ހާލަތެއްގައި ނޫންކަމަށް އެނގިފައިވެއެވެ. މިއިން ދޭހަކޮށްދެނީ އެކުންފުނީން މިފަދަ ކަންކަމެވެ. މި މުބާރާތަށް، އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ހަސަން ޝާހު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.