"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

ޖުޑިޝަރީ ކޮމިޓީ އެ ދެ ބިލު ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެންމެ ފުރަތަމަ ހުށަހެޅި އިސްލާހުގައި ވަނީ ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ލޭބަލް ކުރުމާއި އަދި އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހަދާށެވެ. ނަމަވެސް އެ ގޮތަށް ބިލުގައި އޮތުމުން ވަރަށް ބޮޑަށް ފާޑިކިޔުން އަމާޒުވެ ދީނީ ޖަމިއްޔާތަކުން ވެސް އެ ބިލު ގެންދިއުމަށް ގޮވާލުމާ ގުޅުގެން މަޖިލީހުގެ ތަޅުމުން އެ ބިލު ފާހެއް ނުވި އެވެ.

މަޖިލީހުސް ފާސްކޮށްފައިވާ ޤާނޫނުލްއުޤޫބާތުގެ އިސްލާހުގައި ވަނީ، ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައވާ މައްސަލައެއްގައ، އޭގެ ތެރެއިން އަހްލުއްސުންނަތު ވަލް ޖަމާޢަތުގެ މުޢުތަބަރު ރައުޔަކާ ޚިލާފުނުވާގޮތަށް މީހަކު ފާޅުކުރާ ޝުޢޫރަކުން، ނުވަތަ ކުރާ ޢަމަލަކުން، އެމީހަކު އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އސްލާމްދީނާ އިދިކޮޅު މީހެއްކަމަށް، ޢާންމު ތަނެއްގައި ތުހުމަތުކުރުން ނުވަތަ ސފަކުރުމަކީ ކުށެއް ކަމަށެވެ. އަދި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ ޢަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު، ޢާންމު ތަނެއްގައި، އެމީހަކު ކާފަރެއްގެ ގޮތުގައ ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުމަކީ ކުށެއްކަމަށެވެ.

އަދި އެކި ކަންކަމާމެދު ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަށް ހުރަސް ނާޅާކަމަށްވެސް އިސްލާހުގައިވެއެވެ.