އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިތުރު 35 މީހަކު ބަލީން ފަސޭހަ ވެއްޖެ ކަމަށް އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

އައްޑޫއިން 35 މީހުން ބަލީން ފަސޭހަވުމުން އެ ސިޓީން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 2166 އަރައިފައެވެ. އައްޑޫއިން މިހާތަނަށް ވަނީ ޖުމްލަ 2536 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި މިއަދު އަލަށް ޕޮޒިޓިވްވި 17 މީހުން ވެސް ހިމެނެއެވެ.

އަލަށް ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން 12 މީހަކު ނިސްބަތްވަނީ ހިތަދުއަށެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ އެކެކެވެ. ފޭދޫއިން ޕޮޒިޓިވްވެފައިވަމީ 3 އެވެ، ހުޅުދޫން ޕޮޒިޓިވް ވެފައިވަނީ އެކެކެވވެ،،

އަައްޑޫގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 360 އެވެ. އެއީ ހިތަދޫގައި ތިބީ 203 މީހަކާއި މަރަދޫގައި ތިބި 38 މީހަކާއި މަރަދޫފޭދޫގައި ތިބި 8 މީހަކާއި ފޭދޫގައިތިބި 58 މީހަކާއި ހުޅުދޫގައި ތިބި 3 މީހަކާއި މީދޫގައި ތިބި 45 މީހަކާއި ގަމުގައި ތިބި 5 މީހެެކެވެ. އައްޑޫގެ އެއްވެސް ރިސޯޓެއްގައި އެކްޓިވް ކޭސް އެއް މިވަގުތު ނެތެވެ. އެސިޓޫގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާރުވެސް 240 މީހަކު އެބަތިިއްބެވެ. މިބަލީގައި އައްޑޫއިން މިހާތަނަށްވަނީ 10 މީހަކު ނިޔާވެފައެވެ.