އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ތިންވަނަ ޑޯޒް އެޕޮއިންޓްމެންޓް ނުހައްދާ ދިޔަސް ޖަހައިދޭނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުން ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުން ހެނދުނު 11:00 އިން 12:00 އަށް ވެކްސިން ޖަހައި ދޭއިރު، އައިޖީއެމްއެޗުން ވެކްސިން ޖަހައިދެނީ ކޮންމެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ.