އައްޑޫސިޓީން އިތުރުން 17 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ. އެތަނުން ވިދާޅުވީ މިއަދު ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 14 މީހެއް ކަމަށެވެ. އެއީ 8 ޑައިރެކްޓް ކޮންޓެކްޓާއި، ފުލޫކުލިނިކަށް ދެއްކި 4 މީހަކާއި، ރެންޑަމް ސާމްޕަލަކާއި، ފުރަން ނެގި ސާމްޕަލެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ ފުލޫކުލިނިކަށް ދެއްކި މީހަކާއި ސަވައިލެންސް ސާމްޕަލެކެވެ. ފޭދޫއިން ވެސް ޕޮޒިޓިވް ވެފައިވަނީ ސްވައިލެންސް ސާމްޕަލެކެވެ.

މިއަދަދާއެކު އައްޑޫ ސިޓީން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 2553 އަށް އަރައިފައެވެ. އޭގެތެރެއިން 2205 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އޭގެ ތެރޭގައި ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްލި 39 މީހަކު ވެސް ހިމެނެއެވެ.

އައްޑޫސިޓީގެ އެކްޓިވްކޭސްގެ ގޮތުގައި މިހާރުތިބީ 338 މީހެކެވެ. މި މީހުން ނިސްބަތްވާ އަވަށްތަކަކީ:-

ހިތަދޫ 197

މަރަދޫ 37

މަރަދޫފޭދޫ 8

ފޭދޫ 56

ހުޅުދޫ 3

މީދޫ 32

ގަން 5 އެވެ.

މިބަލީގައި މިހާތަނަށް އައްޑޫއިން ވަނީ 10 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާދެމުންގެންދާ މީހުންގެ އަދަދަކީ 4 އެވެ. އައްޑޫއިން އިއްޔެ ވެސް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ.