ބޭނުންވާ ތަކެތި

4 މޭޒުމަތީސަމުސާ ތެޔޮ

1 ފިޔާ

1 މޭޒުމަތީސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

4 ޖޯޑު ހަނޑޫ

½ ޖޯޑު ކެޕްސިކަމް

½ ޖޫޑު ބެލްޕެޕާ (ރެޑް)

½ ޖޯޑު ޕީސް (ފެހި އޮއް)

½ ޖޯޑު ކެރެޓް

1 ޖޯޑު ޓޮމާޓޯޕިޔުރީ

½ މޭޒުމަތީސަމުސާ އަސޭމިރުސް (މުގުރި)

1 މޭޒުމަތީސަމުސާ މުގުރި މިރުސް (ޗިލީފްލެކްސް)

1 މޭޒުމަތީސަމުސާ މުގުރި ދިރި

1 މޭޒުމަތީސަމުސާ އޮރިގާނޯ

6 ޖޯޑު ފެން

½ ޖޯޑު ރެޑްބީންސް (ކައްކާފައި)

½ ޖޯޑު ޒުވާރީ

ރަހަލާވަރަށް ލޮނު

ގްރީން އޮނިޔަން

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ، ތެއްޔަކަށް ތެޔޮ އަޅާ ހޫނުކޮށްލާށެވެ. ދެން ފިޔާ ތުނިކޮށް ކޮށާލުމަށްފަހު ތަވަޔަށް އަޅާށެވެ. ފިޔާ ވަޅޯވުމުން ޗިސްކުރި ލޮނުމެދުކޮޅު އަޅާށެވެ. ދެން ހަނޑޫކޮޅު ރަނަގަޅަށް ދޮވެލުމަށްފަހު ތެއްޔަށް އަޅައި ފިޔައާއެކު ހަނާކޮށްލާށެވެ. އެއަށްފަހު ކޮށި ކެޕްސިކަމްކޮޅު އަޅާށެވެ. ބެލްޕެޕާވެސް ކޮށާފައި އަޅާށެވެ. ޕީސް ކޮޅާއި ކެރެޓްކޮޅުވެސް އަޅާށެވެ. ދެން ހުރިހާއެއްޗެއް އެއްކޮށް ހަނާކޮށްލުމަށްފަހު ޓޮމާޓޯޕިޔުރީވެސް އަޅާށެވެ. ދެން ލޮނާއި މުގުރި އަސޭމިރުސް، ދިރި، އޮރިގާނޯ، ޗިލީ ފްލެކްސް، ކެއްކި ރެޑް ބީންސް އަދި ޒުވާރީކޮޅު އެޅުމަށްފަހު ހުރިހާއެއްޗެއް ހަނޑޫގަނޑާއި އެއްކޮށްލާށެވެ. ދެން ފެން އެޅުމަށްފަހު މަތި ޖަހައިގެން ބަތްކޮޅު ކައްކާށެވެ. ބަތްކޮޅު ކެކުމުން ގްރީން އޮނިޔަންކޮށާފައި މައްޗަށް އަޅާލާށެވެ.