އައްޑޫސިޓީން މިއަދު އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވްވި 14 މީހަކާއި މަރަދޫއިން ޕޮޒިޓިވްވި 8 މީހަކާއި، ފޭދޫއިން ޕޮޒިޓިވްވި 4 މީހަކާއި ހުޅުދޫއިން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫއިން މިއަދު ބަލީން ފަސޭހަވެފައިވަނީ 14 މީހެކެވެ. މިއަދަދާއެކު އައްޑޫއިން ބަލީން ފަސޭހަވި މީހުންގެ ޖުމްލަ ވަނީ 2257 އަށް އަރައިފައެވެ. އައްޑޫސިޓީން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލައަކީ 2602 އެވެ.

އެ ސިޓީގެ އެކްޓިވް ކޭސްގެ ޖުމްލައަކީ 335 އެވެ. އެއީ ހިތަދޫގައި ތިބި 187 މީހަކާއި، މަރަދޫގައި 51 މީހަކާއި މަރަދޫފޭދޫގައި 6 މީހަކާއި ފޭދޫގައި 51 މީހަކާއި ހުޅުދޫގައި 5 މީހަކާއި މީދޫގައި 32 މީހަކާއި ގަމުގައި 3 މީހެކެވެ.

މި ބަލީގައި އައްޑޫއިން ވަނީ 10 މީހަކު ނިޔާވެފައެވެ.