ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވުމަށްފަހު މުދާ ގެންދިޔަ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ ފިހާރައަކުން ވިޔަފާރިކުރުމަށްފަހު ފައިސަ ދެއްކިކަން ދެއްކުމުގެ ގޮތުން ސައްހަނޫން އިންޓަރނެޓް ބޭކިންގ ސްލިޕެއް ފިހާރައިގެ ނަންބަރަށް ވައިބަރ ކުރުމަށްފަހު މުދާ ގެންގޮސްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.