ބ. ޖުޑީޝަލް ދާއިރާ އާއި ހަވާލުވެވަޑައިގެން ހުންނެވި އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަތީފުގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިމަހުގެ 17 ދުވަހު ކަމަށެވެ.

ލަތީފްގެ މައްޗަށް ބަލަމުންދިޔަ މައްސަލައަކީ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޖިނާއީ ފަސް މައްސަލައެއްގައި ހިމެނޭ ހަސްމަކާ އޮންނަ ގުޅުމަކާ ގުޅިގެން އިސް ލަތީފް މައްސަލައިން ތަނާޒުލް ވެފައިވާ މައްސަލަ އެކެވެ.

ޖޭއެސްސީން ބުނީ ހަމަ އެ ހަސްމާ ގުޅޭ ގޮތުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ބަލައިފައިވާ ކަމަށެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކަމަށެވެ.