އައްޑޫސިޓީން އިތުރު 28 މީހަކު ކޮވިޑު ބަލީން ފަސޭހަ ވެއްޖެ ކަމަށް އޭއީއެޗުން ވިދާޅުވެއްޖެއެވެ. މިއަދަދާއެކު އެސިޓީން ބަލީން ފަސޭހަވި މީހުންގެ ޖުމްލަވަނީ 2323 އަށް އަރައިފައެވެ. އެސިޓީން މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 2632 އެވެ. އައްޑޫސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 299 މީހެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭ އައްޑޫއިން ވަނީ އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިވް ވެފައެވެ. އެއީ ހިތާދޫއިން ޕޮޒިޓިވްވި 14 މީހަކާއި މަރަދޫއިން ޕޮޒިޓިވްވި 3 މީހަކާއި މަރަދޫފޭދޫއިން ޕޮޒިޓިވްވި މީހަކާއި މީދޫއިން ޕޮޒިޓިވްވި މީހެކެވެ.

އެކްޓިވް ކޭސް

ހިތަދޫ: 166

މަރަދޫ: 46

މަރަދޫފޭދޫ: 5

ފޭދޫ: 45

ހުޅުދޫ: 5

މީދޫ: 30

ގަން: 2

މިބަލީގައި އައްޑޫސިޓީން ވަނީ މިހާތަނަށް 10 މީހަކު ނިޔާވެފައެވެ. ހޮސްޕިޓަލުގައި އެޑުމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 5 އެވެ.