ގދ. ފަރެސްމާތޮޑާގައި ދުއްވާ "ބާޚިރާ" ދޯނީގެ 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށު ސިއްހީމަރުކަޒުން ވިދާޅުވީ އެދޯނީން ޕޮޒިޓިވްވި މީހުން މިހާރުވަނީ އެމީހެއްގެ ގެއަށް ކަރަންޓީނަށް ބަދަލުކޮށްފައި ކަމަށެވެ. އެދޯނިން 34 މީހަކު މަހަށް ދެއެވެ.

ފަރެސްމާތޮޑާއިން މިއަދު ވަނީ 12 ސާމްޕަލް ނަގައިފައެވެ. އޭގެތެރެއިން 7 ސާމްޕަލެއްވަނީ ނެގެޓިވް ވެފައެވެ. ބާކީ 5 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެެއެވެ. ބަލިޖެހުނު މީހުންގެ ތެރެއިން މިއަދު ވަނީ 2 މީހަކު ފަސޭހަވެފައެވެ.

ފަރެސްމާތޮޑާއިން މިހާތަނަށްވަނީ ޖުމްލަ 362 ސާމްޕަލް ނަގައިފައެވެ. އޭގެތެރެއިން 219 މީހަކުވަނީ ނެގެޓިވް ވެފައެވެ. 104 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ސިއްހީމަރުކަޒުން ވިދާޅުވިއެވެ. އެރަށުން މިހާތަނަށް ވަނީ ޖުމްލަ 39 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 16 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވްކޭސްގެ މިވަގުތުގެ ޖުމްލައަކީ 23 އެވެ. ކައިރީން ބައްދަލުވި މީހުންގެ އަދަދަކީ 107 އެވެ.

އެރަށުގެ 54 ގެއެއް މިހާރުވަނީ ކަރަންޓީނު ކޮށްފައެވެ.

ސިއްހީމަރުކަޒުން ވިދާޅުވީ ފަރެސްމާތޮޑާގައި ދިރިއުޅޭ މީހުންގެ ތެރެއިން 963 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ކަމަށެވެ. ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 893 އެވެ. އެރަށުން މިބަލީގައި މިހާތަނަށް މީހަކު ނިޔާވެެފައެއް ނުވެއެވެ.