ފުލުހުން ތަޙްޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހެއްގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ވީޑިއޯއިން ފެންނަނީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ވަގުތެއްގައި ތޫމް ރެސްޓޯރަންޓުގެ ބޭރުގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅުންހުރި ދެ މީހެކެވެ.

https://fb.watch/1zuiGo0ijQ/

މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ.