ބޭނުންވާ ތަކެތި

500 ގުރާމު ކުކުޅު (ބޮޑެތިކޮށް ކޮށާފައި )

1 ފިޔާ

1 އިންޗި ރޯ އިނގުރު

8 ލޮނުމެދު

3 ގްރީން ޗިލީ

2 މޭޒުމަތީ ސަމުސާ ކޮރިއަންޑާލީވްސް

½ ޖޯޑު ޔޯގަޓް

5 މޭޒުމަތީސަމުސާ ފްރެޝް ކްރީމް

½ ލުނބޯ

½ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

½ މުގުރި އޯބަތުފަތް ( ރޯސްޓެޑް ފެނަގްރީކްލީވް )

3 މޭޒުމަތީސަމުސާ ގަރަމް މަސާލާ

1 މޭޒުމަތީސަމުސާ ބަޓަރ

3 މޭޒުމަތީސަމުސާ ތެޔޮ

1 މޭޒުމަތީސަމުސާ ގިތެޔޮ (ގީ)

ރަހަލާވަރަށް ލޮނު

ކުޑަ ޗާކޯލް ކޮޅެއް

ތައްޔާރުކުރާނެގޮތް

އެންމެ ފުރުތަމަ ފިޔާ، އިނގުރު، ލޮނުމެދު، ގްރީންޗިލީ ކޮރިއަންޑާލީވް އަދި ކުޑަ ލޮނުކޮޅެއް މިކްސަރަށް އަޅައި ހިމުންކޮށްލާށެވެ. އެއަށްފަހު ބޯތައްޓަކަށް ކުކުޅުތައް އަޅައި ތައްޔާރުކުރި ޕޭސްޓުގެ ½ އާއި ޗިލީ ފްލެކްސް، ލޮނު، ގަރަމް މަސާލަ، ޔޯގަޓް، ފްރެޝްކްރީމް، ލުނބޯ ހުތް، ބަޓަރ ފެނަގްރީކް، މުގުރި އަސޭމިރުސްއަޅައިގެން ހުރިހާއެއްޗެއް އެއްކޮށް ކުކުޅުޅުގައި އުނގުޅައި މޮޑެލާށެވެ. އެއަށްފަހު ބޯތަށި ތެރޭގައި ސްޓެނެސްޓިލް ކުޑަ ބޯތައްޓެއް ބަހައްޓާށެވެ. ދެން މި ކުޑަ ބޯތައްޓަށް ރޯކޮށްފައި އޮތް ކޯލް ކޮޅެއްލާށެވެ. އެއަށްފަހު އެ ކުޑަ ބޯތައްޓަށް ގިތެޔޮ އެޅުމަށްފަހު މަތިޖަހައި ދުން އަރުވާލަން ބަހައްޓާށެވެ. ދެން 2 ގަޑިއެއްހާއިރު ކުކުޅު މެރިނޭޓް ކުރާށެވެ. އެއަށްފަހު ތަވަޔަކަށް 3 ސަމުސާ ތެޔޮ އަޅައި ހޫނުކުރުމަށްފަހު މެރިނޭޓްކުރި ކުކުޅުތައް އަތުރާށެވެ. ދެން ފުށުން ޖަހަމުން ކުކުޅުތައް ރޯފިލުވާށެވެ. ކުކުޅުތައް ރޯފިލުމުން މެރިނޭޓްކުރުމަށް ތައްޔާރުކުރި ފިޔާ ޕޭސްޓުގެ ބާކީހުރިބައި އަޅާލާށެވެ. އެއަށްފަހު ދޭފަތަކުން ހަލަމުން 2 މިނެޓެއްހާއިރު ކައްކާލާށެވެ. ދެން ޖޯޑެއްގެ ފެން އެޅުމަށްފަހު މަތިޖަހައިގެން 20 މިނެޓު ކައްކާލާށެވެ. ހުރިހާއެއްޗެއް ރަނގަޅަށް ކެކުމުން ކުޑަކުޑަ ގަރަމް މަސާލާ ކޮޅެއް އަޅައި ތަވާ އުނދުންމަތިން ބާލާށެވެ.