ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ވެބްސައިޓުތައް ބްލޮކް ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ފުލުހުން ތަހުގީގުކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް އެ ކޯޓުން ނެރެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"މި އަމުރު ތަންފީޒު ކުރުމަށް ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައި" ފުލުހުން ބުނެއެވެ.