މިއަދުން ފެށިގެން ހައިކޯޓު ވެސް ރިސެސްއަށް ހިނގައްޖެ އެވެ.
ހައިކޯޓު ރިސެސް އަށް ދިޔައީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
އެކަމަކު ޖެނުއަރީ އެއްވަނަ ދުވަހަކީ މީލާދީ އާ އަހަރު ފެށޭ ދުވަސް ކަމަށްވެފައިވާ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވާތީވެ ހައިކޯޓު ހުޅުވޭނީ ޖެނުއަރީ ދެވަނަ ދުވަހު އެވެ.
ރިސެސްގައިވާ މުއްދަތުގައި ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ހާލަތެއްގައި ނުވަތަ ހުކުމް ކުރުމަށް ނޫނީ ދެ ކޯޓުގައި ވެސް އެއްވެސް އަޑުއެހުމެއް ނޯންނާނެ އެވެ.