ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކައި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖޭން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ތުހުމަތުކޮށް، ވަނަވަރު އާންމުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންގެ އެވެ. ފުލުހުން މިއަދު ފޮޓޯ އާންމުކުރީ މުހައްމަދު އިގްބާލް ހޮސައިން (ޕާސްޕޯޓް ނަންބަރު - EE0669802) އާއި ޝޮހެލް (ޕާސްޕޯޓް ނަންބަރު - BC0463544) އެވެ.

ފުލުހުން ބުނީ، އެ ދެ މީހުންނަކީ ވެސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ކަމަށެވެ. އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048އަށް ގުޅައި ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.