އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމުގެ މަޤާމުން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވައިފިއެވެ.
އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވައި ސިޓީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ. ޢޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން އޭސީސީންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އޭސީސީގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އަލީ އަޝްރަފް އޭސީސީގެ މެންބަރުންގެ އިސްތިއުފާ ދެއްވާފައި މިވަނީ، އެ ކޮމިޝަންގެ މަސައްކަތް ލަސް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުން ނިންމައިގެން އެތަނުގެ ޕާފޯމަންސް އޮޑިޓެއް ކޮށް އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.