އައްޑޫ ސިޓީގައި މީހެއްގެ ކާރުގައި އަލިފާން ރޯ ކޮށްލައިފި އެވެ.

ފުލުހުން ބުނީ އައްޑޫގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ކާރު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގަައި ރޯ ކޮށްލާފައި ވަނީ ސިޓީ ކައުންސިލްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ އިހްސާންގެ ކާރުގަ އެވެ.