ޓާކިޝް އެއާލައިންސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

ޓާކިޝް އެއާލައިނުން މީގެކުރިން ރާއްޖެއަށް ކުރަނީ ހަފްތާގެ ކޮންމެ ދުވަހަކު އެއް ދަތުރެވެ. އަލަށް ގެނައި ބަދަލާ އެކު ޓާކިޝް އެއާލައިނުން މިހާރު ގެންދަނީ ހަފްތާ އަކު 11 ދަތުރު ކުރަމުންނެވެ. ދަތުރުތައް އިތުރުކުރީ ހަފްތާގެ ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަށެވެ. ޓާކިޝް އެއާލައިންގެ ދަތުރުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ގެނައި ވަގުތީ ބަދަލެއް ކަމެއް ނުވަތަ ދާއިމީ ބަދަލެއް ކަމެއް އެނގިފައެއް ނުވެ އެވެ.