ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. މިއަދު 15:50ގައި ނިޔާވެފައިވަނީ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޔާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ 39 އެކެވެ.

ރާއްޖެއިން މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދުވަނީ 32އަށް އަރާފައެވެ. އަދި 7 ބިދޭސީން ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ ކަނޑިންމަ މޯލްޑިވުސްއިން ހާލުބޮޑުވެގެން މިދިޔަ މަހުގެ 30ވަނަ ދުވަހު ކުޑަހުވަދޫއަށް ގެންދިޔަ ޢުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.