އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަން ގޮވާލާ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭން ޕެޓިޝަނަށް ސޮއި ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަަށަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވަން ހަމަޖެހިފައި ވާ ކަމަށާއި އެ ދަތުރުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި، އިދިކޮޅުން އިސްވެ ފަށާފައިވާ ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ކަމަށެވެ.