ސިފައިންގެ މީހާ ރަހީނުކުރި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު މަގުމައްޗަށް އެއްލާލައިފައިވާ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ފުލުހުން މިއަދު ބުނީ މާލެ ސަރަހައްދުގައި ސިފައިންގެ މީހަކަށް އަނިޔާކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 18 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން، އުމުރުން 29 އަހަރުގެ މީހެއް ކަަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ވިލިމާލޭގެ ގެސްޓް ހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.