އަމިއްލައަށް ތަކެތި އުފައްދާ ފަރާތަކަށް ޚާއްސަކޮށްގެން ފުވައްމުލައް ސިޓީގައި ''ރަށިރިހިވޭލި އެގްޒިބިޝަން 2020" ބާއްވަން ނިންމައިފިއެވެ.

ފުވައްމުލައް ކައުންސިލުން ބުނީ މިއީ ޖުމްހޫރީ ދުވަހާ ގުޅިގެން ގުޅިގެން 12 ނޮވެމްބަރ 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެގްޒިބިޝަނެއް ކަމަށެވެ. އަދި މިއީ އަމިއްލަ ތަކެތި އުފައްދާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ އެގްޒިބިޝަނެއް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މި އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މިއެގްޒިބިޝަންގައި ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން ފުވައްމުލަކުގެ ކޮންމެ އުފެއްދުއް ވެސް ބައިވެރިކުރެވޭނެ ކަމަށެވެ.

މިއެގްޒިބިޝަންގެ މަގުސަދަކީ ފުވައްމުލަކުން ލިބެން ހުރި ޚިދުމަތްތަކާއި އުފެއްދުންތައް މާކެޓްކޮށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމާއިއެކު އެއްތަނަކުން ޚިދުމަތްތަކާއި އުފެއްދުންތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މިއެގްޒިބިޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 ނޮވެމްބަރ 2020 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނަމާއި ގުޅޭނެ ފޯނު ނަންބަރާއި އެކު 7487900 އަށް މެސެޖް ކުރުމަށް އެދޭ ކަމަށެވެ.