މާލޭގައި އަނބިމީހާ އޭނާގެ ފިރިމީހާއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ ފިރިހެނެއްގެ ބަނޑަށް ވަޅި ހެރި މައްސަލައެއް މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި ފިރިހެން މީހާއަށް ވަޅިން ހަމަލާ ދިނުމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.