ދަބަހެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.

ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މިހާއަކީ 2021 ނޮވެމްބަރު 28 ވަނަ ދުވަހުގެ ވަގުތެއްގައި ނަސަންދުރަ ކައިރީގައި ހުރި ސައިކަލެއްގެ މަތީގައި ބާއްވާފައި އޮތް ދަބަހެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.